Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ގީލާގެ ސަފީރުކަމުގެ ފަތްކޮޅު ލަގްޒަމްބާގްގެ ގްރޭންޑް ޑިޔުކްއަށް އަރުވައިފި

ގީލާގެ ސަފީރުކަމުގެ ފަތްކޮޅު ލަގްޒަމްބާގްގެ ގްރޭންޑް ޑިޔުކްއަށް އަރުވައިފި

ރާއްޖެއިން ލަގްޒަމްބާގަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ގީލާ އަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ދަ ގްރޭންޑް ޑިޔުކް ހެންރީއަށް އަރުވައިފި އެވެ.

ބެލްޖިއަމްއަށާއި ޔޫރަޕިއަން ޔޫނިއަންއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ގީލާ، ހެންރީއަށް ފަތްކޮޅު އެރުވީ ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކަލް ޕެލެސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފަތްކޮޅު އެރުވުމަށް ފަހު، ގީލާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކްއަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ. އަދި ރާއްޖެ އާއި ލަގްޒަމްބާގް އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ އެރުވި އެވެ.

Advertisement
HDC — Sidebar (box)

ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކް، ސަފީރު ގީލާއަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ގީލާގެ އަރިހުގައި އެކަމަނާގެ ފިރިކަލުން އަބްދުﷲ މުޝްރިފް އަދި ބެލްޖިއަމްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ މުހައްމަދު ޝައްފާއު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް