ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހާޖީން ރާއްޖެ އަންނަން ފަށައިފި

މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ހާޖީން ރާއްޖެ އަންނަން ފަށައިފި އެވެ.
ރާއްޖެއިން ހައްޖުގެ އަޅުކަމަށް މި އަހަރު 1،000 މީހުން ދިޔަ އެވެ. އެ ހުރިހާ އެންމެން ވެސް ހައްޖަށް ގޮސްފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ.
ހައްޖުވެރިން އަނބުރާ އައުމަށް ހަމަޖެހިފައި ވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ފްލައިޓު މިއަދު މެންދުރުފަހު 2:00 ގައި ވަނީ އައިސްފަ އެވެ.
ފުރަތަމަ ގްރޫޕު އައިސްފައި ވަނީ މަދީނާގެ ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެންނެވެ.
ދިވެހި ހައްޖާޖީންގެ ދެ ވަނަ ގްރޫޕު މާދަމާ ރޭ 11:00 ގައި އަދި ތިން ވަނަ ގްރޫޕު އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގައި އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ފަހު ގްރޫޕުގެ ހައްޖުވެރިން އެނބުރި އަންނާނީ އަންގާރަ ދުވަހުގެ ރޭ 11:00 ގަ އެވެ.
ހައްޖާޖީންނަށް ރާއްޖެ އަންނަން ފެށިއިރު، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.
އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެމުން ދަނީ "ހައްޖު އޮޕަރޭޝަން 2025" ނަމުގައި ސަރުކާރުން ހާޖީންނަށް ކަނޑައަޅާފައިވާ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އިސްލާމިކް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މިއަދު ފެށި ހާއްސަ އޮޕަރޭޝަނުގެ ތެރެއިންނެވެ.
[caption id="attachment_286565" align="alignnone" width="690"]<img class="wp-image-286565 size-large" src="https://cdn.dhen.mv/wp-content/uploads/2025/06/20250613_162942-1024x684.jpg" alt="" width="690" height="461" /> ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އައި ފުރަތަމަ ގްރޫޕުގެ ހާޖީންނަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ / ފޮޓޯ:އެމްއެންޑީއެފް[/caption]
މި އޮޕަރޭޝަނުގައި ހައްޖާޖީން ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު އެނބުރި އައުމުން އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މީގެކުރިން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ މި އޮޮޕަރޭޝަނުގައި ހައްޖުވެރިން ރާއްޖެއިން ފުރި ދުވަސްތަކުގައި، މާލެއިން އެއާޕޯޓަށް ލަގެޖުތައް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ކަމުގަ އެވެ. އޭގެ އިތުރުން އެއާޕޯޓުގައި އެކިއެކި އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ، އެއާޕޯޓު ޓާމިނަލުގައި ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ފާހަގަކުރާ ގޮތުގައި މި އަހަރަކީ ދިވެހި ހައްޖުވެރިންގެ ތާރީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުނު އަހަރެކެވެ. އެގޮތުން ހައްޖުވެރިން މި ފަހަރު ސައުދީ އަރަބިއްޔާއަށް ދަތުރު ކޮށްފައި ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ވަރަށް ލުއިފަސޭހަކަމާ އެކުގަ އެވެ. އޭގެ އިތުރުން މިނާ ފޭލިގެތަކުގެ ކެޓެގަރީ ބީ ކެޓެގަރީއަށް ބަދަލުކޮށް ފޭލިގެތަކުގެ ފެންވަރު މަތިކުރެވިފައިވާއިރު، އަރަފާތުގެ އިންތިޒާމުތައް ވެސް ފާއިތުވެދިޔަ އަހަރުތަކަށް ވުރެ ބޮޑުތަނުން ރަނގަޅު ކުރެވިފައިވާކަން މިނިސްޓްރީން ފާހަގަކުރެ އެވެ.





.jpeg?prefix=media)

ކޮމެންޓް