Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކަސްޓަމްސްގެ ފީ އެއް ދައްކަން ބުނެ ލިންކެއް ފޮނުވަނީ، ސަމާލުވޭ!

ކަސްޓަމްސްގެ ފީ އެއް ދައްކަން ބުނެ ލިންކެއް ފޮނުވަނީ، ސަމާލުވޭ!

ކަސްޓަމްސްގެ ފީ އެއް ދައްކަން ބުނެ ލިންކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިލްތިމާސްކޮށްފި އެވެ.

މޯލްޑިވްސް ޕޯސްޓުގެ ނަމުގައި އެސްއެމްއެސް މެސެޖުތަކެއް ފޮނުވަމުން ދަނީ 'އެމްއެޗްސީއެލް' ކިޔާ ގޮތް ނޭނގޭ ފަރާތަކުންނެވެ.

އެ މެސެޖުގައި ބުނެފައި ވަނީ ކަސްޓަމްސްގެ ފީ ނުދައްކާތީ ކޮށްފައިވާ އޯޑާ ޑެލިވަރީ ނުކުރެވޭނެ ކަމަށެވެ. އިތުރަށް ލަސްވިޔަ ނުދޭން ކަމަށް ބުނެ ފައިސާ ދައްކާނެ ލިންކެއް މެސެޖާ އެކު ވަނީ ހިމަނާފަ އެވެ.

Advertisement
Allied — Dhen Online (box)

އެކަމާ ގުޅިގެން ކަސްޓަމްސްއިން ބުނީ އެ އިދާރާއަށް އެއްވެސް ފައިސާއެއް ދެއްކުމަށް އެދި ލިންކަކާ އެކު އެސްއެމްއެސްއެއް ނުފޮނުވާނެ ކަމަށެވެ. އަދި އެފަދަ ލިންކުތަކަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.

https://twitter.com/CustomsMv/status/1933866324926906460

ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާއިރު ސްކޭމަރުން ދަނީ އެސްއެމްއެސް އާއި ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތައް މެދުވެރިކޮށް ލިންކުތައް ފޮނުވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް