ޚަބަރު

މަސްތުވާތަކެއްޗާއެކު 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޑުރަގާއެކު ހައްޔަރުކުރި މީހާ

މަސްތުވާތަކެއްޗާއެކު 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

އެ މައްސަލައިގައި ހައްޔަރުކުރީ ހ. މެޑޯސްވީޓް / މާލެ، އަހުމަދު އަފީފް (60އ) އެވެ.

ފުލުހުން ބުނީ އަފީފް ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެ 10 ނަންބަރު ފްލެޓުން ކަމަށެެވެ.

އެގޮތުން އަފީފުގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމުން އޭނާ ހުއްޓުވައި، އޭނާ އެވަގުތު ހުރިތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން  10 ދުވަހު ބަންދުގެ މުއްދަތު ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!