ޣައިރު ގާނޫނި ފިޔަވަޅުތަކާ ދެކޮޅަށް ކައުންސިލްތަކުން ތެދުވަން އެމްޑީޕީން ގޮވާލައިފި

ސައުކާރުން ކައުންސިލްތަކަށް އަޅަމުންދާ ޣައިރު ގާނޫނި ފިޔަވަޅުތަކާ ދެކޮޅަށް ކައުންސިލްތަކުން ތެދުވަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
ލޯކަލް ގަވާމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން މިއަދު އެމްޑީޕީއަށް ނިސްބަތްވާ ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑްކުރި މައްސަަލައާ ގުޅިގެން އެކަން ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެކަން ކުރީ އެއްވެސް ހަގީގަތެއް ނެތް މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެެވެ.
އެހެންވެ ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ސަރުކާރުން އަޅަމުންދާ ހުރަސްތަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހާއި ކޯޓުތައް މެދުވެރިކޮށް މަސައްކަތް ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި އެލްޖީއޭ މެދުވެރިކޮށް ސަރުކާރުން އަޅަމުންދާ ޣައިރު ގާނޫނީ ފިޔަވަޅުތަކާ ދެކޮޅަށް ހުރިހާ ކައުންސިލްތަކުން ތެދުވަން ްެއެމްޑީޕީން ގޮވާލި އެވެ.
އެމްޑީޕީން ބުނޮގޮތުގައި
- މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރީ ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ބޭނުންވާ ގޮތަށް ކައުންސިލްއިން އަމަލުނުކުރާތީ
- ކައުންސިލަރުން ސަސްޕެންޑްކުރާނެކަމުގެ އިންޒާރު އެކި ޕްލެޓްފޯމްތަކުގައި ދީފައިވޭ
- މައްސަލަތައް ބަލަން ތިނަދޫ ކައުންސިލްއިން އެލްޖީއޭއަށް އެއްބާރުލުން ދިން
ޕީޕީއެމްގެ ވެރިކަމެކޭ އެއްގޮތަށް މި ސަރުކާރުން ވެސް އިޖުރާތްތަކާ ނުލާ ކައުންސިލަރުން ސަސްޕެންޑްކުރި ގޮތަށް މި ސަރުކާރުން ވެސް އެކަން އިއާދަކޮށްފައިވާ ކަމަށް އެމްޑީޕީން ތުހުމަތުކުރި އެވެ.
އެހެންވެ މިއީ ލާމަރުކާޒީ ގާނޫނު ފުނޑާލައި ބާރުތައް މަރުކަޒުކުރަން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރި އެވެ.