ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ސްޕޭނަށް

ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ4) ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ސްޕެއިނަށް ވަޑައިގަންނަވައިފި އެވެ.
އެފްއެފްޑީ4 އަކީ، މާލީ އިސްލާހާމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް، ސަރުކާރުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަޙައްދީ ޖަމުއިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުވައްސަސާތަކާއި، ވިޔަފާރިތަކާއި، މަދަނީ ޖަމާއަތްތަކާއި، އދގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު މަންސައެކެވެ.
ކޮންމެ ދިހަ އަަހަރަކުން އެއް އަހަރު ބާއްވާ މިކޮންފަރެންސް އެންމެފަހުން ބާއްވާފައިވަނީ އިތިއޯޕިއާގެ އެޑިސް އަބާބާގައި، 2015ވަނަ އަހަރުގަ އެވެ. މިއަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަަމަޖެހިފައިވަނީ މިހިނގާ ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 އަށް ސްޕެއިންގެ ސެވިލްގަ އެވެ.
