ޚަބަރު

ޓޫރިޒަމް ދަށް އަތޮޅުތަކުންނާއި ހަލާލު ޓޫރިޒަމްއަށް ދޫކުރާ ރަށްތަކަށް ދޭ ލުއިތައް ހާމަކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޓޫރިޒަމް މިނިސްޓަރު ތޯރިގު ޕްރެސްގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުން ޓޫރިޒަމަށް އަދި ގެއްލުމެއް ނެތް ކަމަށް / ފޮޓޯ:ރައީސް އޮފީސް

ޓޫރިޒަމް ދަށް އަތޮޅުތަކުންނާއި ހަލާލު ޓޫރިޒަމްއަށް ދޫކުރާ ރަށްތައް ތަރައްގީކުރަން ދޭ ލުއިތައް ޓޫރިޒަމް މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.

Ads by MPL

ފަތުރުވެރިކަމަށް ދަށް އަތޮޅުތަކުގެ ތެރޭގައި ހިމެނޭ  ހއ., ހދ., ނ., ތ., ލ., އަދި އައްޑޫ ސިޓީއިން ދޫކުރާ 14 ރަށަކަށް ބީލަށް ހުށަހަޅަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލީ މިއަދު އެވެ. އަދި  ހއ., ހދ., ނ., ތ., ލ. އަތޮޅުން ހަ ރަށެއްގައި ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ވެސް މިއަދު އިއުލާންކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އެ ރަށްތައް ތަރައްގީކުރަން ދޭ ލުއިތަކުގެ ތަފްސީލު މިއަދު ހާމަކޮށްފަ އެވެ.

އެގޮތުން ކުޑަކޮށް ތަރައްގީވެފައިވާ އަތޮޅުތަކުން ދޫކުރާ ރަށްތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް ލީސް އެކުއިޒިޝަން ފީ ހިސާބުކުރުމުގެ ރޭޓު ކުޑަކޮށް ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ދޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވުމުން، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ވެސް ދެ އަހަރު ދުވަހަށް ފަސްކޮށްދޭން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސައްތަ، އަށް އިތުރުކުރުމާއި ކުއްޔަށް ދޫކުރާ ތަންތަން ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓީ މައާފް ކެޓެގަރީއަށް ދެ އަހަރަށް އިތުރުވެސްކޮށްދޭނެ އެވެ.

އަދި ރިޒޯޓު ތަރައްގީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން ފަސް ވަނަ އަދި ހަ ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ދައްކާގޮތަށް ވެސް ލުއި ދޭން ވަނީ ނިންމައިފަ އެވެ.

ހަލާލް މޮޑެލްއަށް ތަރައްގީކުރަން ދޫކުރާ ރަށްތަކުން ދޭ ލުއިތައް

  • ލީސް އެކުޒިޝަން ކޮސްޓްއިން އިތުރު 20 ޕަސެންޓް ދަށްކުރުން.
  • ރިޒޯޓު ތަރައްގީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 5 ވަނަ އަދި 6 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ދައްކާގޮތަށް ހަމަޖެއްސުން.
  • ރިޒޯޓް ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު (ގްރޭސް ޕީރިއަޑް) ގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މައާފްކޮށްދިނުން.

Ads by Ooredoo