މުނިފޫހިފިލުވުން

"ކަނބުލޮ" ގެ ސްޕޮންސަރަކަށް އެވޯން

. ، ދެން އޮންލައިން
އެވޯންގެ ސީއީއޯ އާމިނަތު ޝިއުނާ ހުސެއިން

ސެޓާރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ހުށަހަޅައިދޭ " ކަނބުލޮ" ގެ ފުރަތަމަ ސްޕޮންސާގެ ގޮތުގައި އެވޯން އާއެކު ސޮއިކޮށްފި އެވެ.

Ads by MPL

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކަމަނާ" ފިލްމު އުފެއްދި ޓީމުން ނެރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކަނބުލޮ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 31 ގަ އެވެ.

ފިލްމު "ކަމަނާ" ވެސް ސްޕޮންސާކުރި އެވޯން އިން ބުނީ މި ފިލްމު ސްޕޮންސަރކުރި އެއް ސަބަބަކީ މި ފިލްމަކީ ދިވެހި މުޖުތަމަޢުގައި ކުޑަކުދިންނަށް ކުރަމުންދާ ގޯނާ އާއި ގެވެށި އަނިޔާގެ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމަކަށްވުމުން އެފަދަ ކަންކަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ސްޕޮންސަރަކަށްވުމުގެ އިތުރުން އެވޯން އިންވަނީ ފިލްމުގެ ޓިކެޓް ގަންނަ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އެވޯން ގެ ގްލެސިއާ ބެޑްރޫމް ސެޓެއް ދިނުމަށް ނިންމާފަ އެވެ.

އޮގަސްޓް 31 ގެ ކުރިން ބައްލަވައިގަންނަވާ ކޮންމެ ޓިކެޓަކަށް ކޫޕަނެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު ގުރުއަތުލުން ކުރިޔަށްގެންދާނީ ފިލްމު ޕްރިމިއަރ ހަފްލާގަ އެވެ.

އެވޯން އަކީ ފެންވަރު ރަނގަޅު ޒަމާނީ ފަރުނީޗަރު ރާއްޖެ އެތެރެކޮށް ވިއްކުމުގައި މަގުބޫލުކަން ހޯދާފައިވާ ފަރާތެކެވެ.

"ކަމަނާގެ ކާމިޔާބީއަކީވެސް އަޅުގަނޑުމެން މި ފިލްމު ސްޕޮންސަރކުރި އެއް ސަބަބު" އެވޯން އިން ބުންޏެވެ.

ފިލްމު "ކަމަނާ"ގެ 200 އަށް ވުރެ ގިނަ ހައުސްފުލް ޝޯ މުޅިރާއްޖޭގައި ކުރިޔަށް ގެންދިޔަ އެވެ.

"ކަނބުލޮ" ސްޕޮންސާ ކުރުމަށް ބޭނުންވާ ފަރާތްތަކުން ޖުލައި މަހުގެ 10 ދުވަހުގެ ކުރިން ސްޕޮންސަރުންނަށް ހާއްސަކުރެވިފައިވާ ނަމްބަރު 7458800 އަށް ގުޅުމަށް ކިޑް ޕްރޮޑަކްޝަންއާއި ސެޓާން ސްޓޫޑިއޯއިން އެދެ އެވެ.

"ކަނބުލޮ" އަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ޤައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.

ޔަޝްފާ އަބްދުލްގަނީގެ މި ވާހަކައަށް ތައްޔާރުކުރާ ފިލްމު ކަނބުލޮގެ މަންޒަރުތައް ޝޫޓްކޮށްފައިވަނީ ހދ. ކުޅުދުއްފުށީގެ އިތުރުން ހދ. ނޮޅިވަރަންފަރުގަ އެވެ.

Ads by HDC