ރާއްޖޭގެ މަހުގެ ބާވަތްތައް ޕްރޮމޯޓް ކުރަން "ފްރަމް މޯލްޑިވްސް"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތުގައި ބޭއްވި ބިޒްނަސް ފޯރަމްގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްސަ ޤައުމީ ބްރޭންޑުކަމަށްވާ "ފޮމް މޯލްޑިވްސް" އިފްތިތާޙްކޮށްދެއްވައިފިއެވެ..
މި ބްރޭންޑާ ގުޅޭގޮތުން ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމަށް ބައިނަލްއަގުވާމީ ބާޒާރުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން އަލިއަޅުވައިލެއްވިއެވެ.
ވަޒީރު ފާހަގަ ކުރެއްވި ގޮތުގައި، ދުނިޔޭގެ ބޮޑެތި ބައެއް މާކެޓްތަކުގައި ރާއްޖެއިން އަދިވެސް ބޮޑު ޓެރިފެއް ދައްކަންޖެހުމަކީ މަސްވެރިކަމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. ދުނިޔޭގެ އުތުރުގައި މުހިންމު މާކެޓްތަކުގައި ރާއްޖެއަށް ބޮޑު ޓެރިފްތަކެއް ދައްކަންޖެހޭއިރު، މަސްވެރިކަމުގެ ދެމެހެއްޓެނިވި ކަންކަމަށް މަސައްކަތްތަކެއް ނުކުރާ ބޮޑެތި ސިނާއީ ފްލީޓްތަކަށް ޑިއުޓީ ފްރީ އެކްސެސް ލިބޭކަން ވަޒީރުގެ ވާހަކަފުޅުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހި މަސްވެރިން އުފުލަމުންދާ ބުރައަށް އައު ބްރޭންޑުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ވަޒީރުގެ ވިދާޅުވީ، ދިވެހިންގެ އުފެއްދުންތަކުގެ ހަގީގީ އަގު ދުނިޔޭގެ ބާޒާރުގައި ބަލައިގަނެ ބައިނަލްއަގުވާމީގޮތުން ބަލައިގެންފައިވާ އުފެއްދުމަކަށް ރާއްޖޭގެ މަސްވެރިންގެ އުފެއްދުންތައް ވެގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
"ފްރޮމް މޯލްޑިވްސް” ގެ މަޤްޞަދަކީ ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާ ގުޅުވާލުމެވެ. އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ފައިދާ މުޖުތަމައަށް ކުރާނެކަން ކަށަވަރު ކުރުމެވެ. އައު ބްރޭންޑްގެ އަމާޒަކީ ވިޔަފާރީގެ ފައިދާއާއި ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން ކުރިއަށް އޮތް އަހަރުތަކަށް ގެންގޮސްދިނުމެވެ.
މި ބްރޭންޑް ތަޢާރަފުކުރުމަކީ ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ. މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާ ކުރިއެރުމެކެވެ. ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ މީހުންނަށް ބައިނަލްއަގްވާމީ ބާޒާރުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ހުޅުވިގެންދާނެއެވެ.
"ފްރޮމް މޯލްޑިވްސް" މި ބްރޭންޑަކީ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގެ އުފެއްދުމެކެވެ.
