ޚަބަރު

ބަލި މީހުންނަށް މަރުހަބާ ކިޔައި އެހީވާން 55 ސްޓާފުން ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ:ދެން އިމޭޖްސް

މާލޭގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލުތައް ހިމެނޭ ގޮތަށް  ސިއްހީ ހިދުމަތް ދޭ ތަންތަނަށް ޒިޔާރަތްކުރާ ބަލި މީހުންނާއި އެހީތެރިންނަށް މަރުހަބާ ކިޔައި އެހީވާން 55 ސްޓާފުން އައިޖީއެމްއެޗުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

އައިޖީއެމްއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެއީ އެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލު, ހުޅުމާލެ ހޮސްޕިޓަލު އަދި މޯލްޑިވްސް ބްލަޑް ސާވިސްގައި މަސައްކަތް ކުރަން ނަގާ 55 މުވައްޒަފުން ކަމަށެވެ.

މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް އެ މަގާމަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފައިވާ އިރު ޝަރުތަކީ ދަށްވެގެން ގްރޭޑް ހަތެއް ނިންމައި ގުޅޭ ދާއިރާއަކުން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައި ވުމެވެ. ނޫންނަމަ ގްރޭޑް 10 ނިންމާފައިވުމެވެ.

އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިދުމަތް ހޯދަން އަންނަ މީހުންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި އަދި އެކިއެކި ފަރާތްތަކުގެ ހިޔާލު އެއްކޮށް ތަޖުރިބާތައް މޮނީޓާކުރުން ހިމެނެ އެވެ.

Ads by Allied Insurance