ޚަބަރު

ޖުލައި 26 ބަންދަށް، ހުކުރުދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

. ، ދެން އޮންލައިން
ހަތަރު ފުރޮޅީ އުޅަނދުތަކެއް--

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް އޮތް ތިން ދުވަހު މާލޭގައި އެއްގަމު އުޅަނދުތައް ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން ޖުލައި 25، 26 އަދި 27 ގައި ގިނަ ހަރަކާތްތަކެއް ގްރޭޓަރ މާލެ ސަރަޙައްދުގައިބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައިވާ ކަމަށެވެ.

އަދި އެ ހަރަކާތްތައް ކުލަގަދަގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ވަގުތެއް ވަނީ ކަނޑައަޅާފަ އެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދުއްވުން ހުއްދަވާނީ ތިން ވައްތަރެއްގެ އުޅަނދެވެ.

އެއީ:

  1. ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
  2. އެމްބިއުލެންސް
  3. ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް

އެ އެންގުމާއި ހިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް އިއުލާނުގައިވެ އެވެ.