ޚަބަރު

ޑިފެންސުގެ އާ އިމާރާތް ހުޅުވައިފި

. ، ދެން އޮންލައިން
ރައީސް މުއިއްޒުއާ، ބޮޑު ވަޒީރު މޯދީ ދޮށިމޭނާ ބިލްޑިން ހުޅުވައިދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް

ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގް ހުޅުއްވައިދެއްވައިފި އެވެ.

Ads by STELCO

ދޮށިމޭނާ ބިލްޑިންގް ހުޅުވުމުގެ ރަސްމިއްޔާތުގައިބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ސަރަޙައްދަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ރައީސް މުއިއްޒު އެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގް އިފްތިތާހު ކުރުމުގެ ކުރިން ވަނީ އައު އިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފަ އެވެ.

އެއަށްފަހު ދެ ބޭފުޅުން ވަނީ އެ އިމާރާތް ހުޅުއްވައިދެއްވާ، އިމާރާތް ބައްލަވާލައްވާފަ އެވެ.

ބޮޑުތަކުރުފާނުމަގުގައި ހުންނަ، އަލަށް އިފްތިތާހުކުރި އެ އިމާރާތަކީ ދިވެހިރާއްޖޭގެ ސިފައިންގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތުގެ ބައެކެވެ.

Ads by Allied Insurance