ޚަބަރު

އިންޒާރުގެ މެސެޖު ބޭރަށް ޗާޕުކޮށްގެން ނޫނީ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެނުކުރެވޭގޮތް ހަދައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ނިޝާނެއް--

އިންޒާރުގެ މެސެޖު ބޭރަށް ޗާޕުކޮށްގެން ނޫނީ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެނުކުރެވޭގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.

Ads by MPL

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑިޒައިން އެންޑް ލޭއައުޓް ރިކުއާމަންޓްސް ފޮރ ހެލްތު ވޯނިން"ގެ ފުރަތަމަ އިސްލާހު ގެޒެޓްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ސިނގިރެޓް ފަދަ ބާވަތްތައް އެތެރެކުރާ އިރު އިންޒާރު ބޭރުގައި ޗާޕުކޮށްގެންކަމަށް ކަމަށްވާ އިރު އަލަށް ގެޒެޓްކުރި އުސޫލުގައި ވަނީ އިންޒާރު ޗާޕުކުރަން ޖެހޭ ތަކެތީގެ ލިސްޓަށް ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސް އާއި ނިކޮޓީން ޕައުޗު ވެސް ހިމަނައިފަ އެވެ.

އަދި އޭގެ އިތުރުން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރެވޭނީ ސިހްހަތުގެ އިންޒާރު ސީދާ ޕެކޭޖް ގެ ބޭރަށް ޗާޕުކޮށްގެންނެވެ.

އުސޫލުގައިވާ ގޮތުން އެގޮތަށް އަމަލު ކުރަން ފަށާ ތާރީހަކީ 2026 ވަނަ އަހަރުގެ ޖަނަވަރީ 28 އެވެ.

"ވީމާ، ދެންނެވިފައިވާ ތާރީހަށްފަހުގައި މި އުސޫލުގައިވާ ގޮތް ނޫން ގޮތަކަށް ޕެކްޓްކޮށް ލޭބަލް ކޮށްފައިވާ ނަމަ ގާނޫނާއި ގަވާއިދުގެ މަތީން އަމަލު ކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ." އެޗްޕީއޭއިން ބުންޏެވެ.

Ads by Allied Insurance