ލައިފްސްޓައިލް

ބަރުދަން ލުއި ކުރުމަށް ބަރަބޯ ޖޫހުގެ އަޖުމަ ބަލައިލަމާ!؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބަރަބޮލަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. އާންމުކޮށް ލިބެން ހުންނަ ބާވަތެއް ވެސް މެއެވެ.

Ads by STELCO

ބަރަބޮލަކީ ވަރަށް މަދުން ހަކަތަ ލިއްބައިދޭ ބާވަތެކެވެ. 100 ގުރާމްގެ ބަރަބޮލުގައި އެކުލެވިގެން ވަނީ އެންމެ 26 ކިލޯކެލަރީގެ ހަކަތަ އެވެ. ބަރަބޮލުގައި ސެޗިޔުރޭޓެޑް ފެޓް ނޫނީ ކޮލެސްޓްރޯލެއް ނުހުރެއެވެ. ބަރަބޮލަކީ ވިޓަމިންތަކާ، މައުދަންތަކުން މުއްސަދި ފަލަމަޑީގެ ބާވަތެކެވެ. ޑައެޓަރީ ފައިބަރު، އަދި އެންޓިއޮކްސިޑެންޓް ތައް ވެސް ބަރަބޮލުގައި ހުރެއެވެ.

މިހުރިހާ ސަބަބަކާހުރެ ބަރަބޯވެފައި ވަނީ ހަށިގަނޑުގެ ސަރުބީ ދަށްކޮށް ދިނުމާއި ބަރުދަން ލުއިކުރުމަށް ހިންގާ ޑައެޓް ޕްރޮގްރާމް ތަކުގައި މައިގަނޑު ގޮތެއްގައި ކެއުމަށް އިރުޝާދު ދެވޭ އެއް ބާވަތް ކަމުގައެވެ.

ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ބަރަބޯ ކާ ވާހަކައެއް ނޫނެވެ. ބަރުދަން ލުއި ކުރުމަށް ބަރަބޯ ޖޫހުގެ ވާހަކައެވެ. ބަރަބޯ ޖޫހަކީ ވެސް ބަރުދަން ލުއި ކުރުމަށްޓަކައި ބޮވިދާނެ މީރު ބުއިމެއް ކަމުގައި ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް ބަރުދަން ލުއި ކުރުމަށް ބަރަބޯ ޖޫސް ތައްޔާރު ކުރުމުގައި މާ ގިނައިން ހަކުރު ނޭޅުމަށް ސަމާލުކަން ދޭން ޖެހެއެވެ.

ހަށިގަނޑުގައި އުފެދޭ ފާރާއި ދުވަސްވީ ތަދުތަކަށް ބަރަބޯ ޖޫސް ބުއިމުން ހައްލު ލިބޭނެ އެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭނެއެވެ.

ބަރަބޯ ޖޫހަކީ ނިދުމުގައި މައްސަލަ އުޅޭ މީހުންނަށްވެސް ފައިދާ ހުރި ބުއިމެކެވެ. އެގޮތުން ރޭގަނޑު ނިދަން އުނދަގޫނަމަ ކޮންމެ ރެއަކު ބަރަބޯ ޖޫސް ތަށްޓެއްގެ ތެރެއަށަ މާމުއި ކޮޅެއް އަޅާލައިގެން ބޯން އާދަ ކުރާށެވެ.

ބަރަބޯ ޖޫސް ތައްޔާރުކޮށްލާނެ ގޮތް:

ބޭނުންވާ ތަކެތި:

2 ޖޯޑު ބަރަބޯ (ގާނާފައި ހުރި)

ރަހަލާ ވަރަށް ހަކުރު

1 އިންޗީގެ 5 ރާނބާފަތްކޮޅު

6 ކާފޫރު ތޮޅި (ދެކޮޅު ބުރިކޮށްފައި)

2 އިންޗި ފޮނިތޮށި

12 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ 5 ޖޯޑު ފެން އުނދުން މައްޗަށް އުދާށެވެ. ފެންފޮދު ކެކިގަތީމައި ބަރަބޯ، ހަކުރު، ރާނބާފަތް، ކާފޫރުތޮޅި، ފޮނިތޮށި އަޅައިގެން 10 މިނެޓް ވަންދެން ކައްކާށެވެ. އެއަށްފަހު 7 ޖޯޑު ފެން އަޅައިގެން އިރުކޮޅަކު އުނދުންމަތީ ބެހެއްޓުމަށްފަހު ކެކިގަތުމުން ފޮނި ރަހަ ހެޔޮވަރުކޮށްފައި ބާލާށެވެ. ހިހޫ ވުމުން ފުރާނާލުމަށްފަހު އައިސް އަލަމާރިއަށް ލާށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!