ޚަބަރު

ބާރަށަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ބުނާ ދެބެއިން ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެބެން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ހއ. ބާރަށް / ކަރނޭޝަންވިޔު، އަބްދުﷲ ފަސީހު (37އ) އާއި ހއ. ބާރަށް / ކާނޭޝަންވިޔު ، އިބްރާހީމް ކަލީމް (34އ) އެވެ.

ފުލުހުން ބުނީ އދ އޮޕަރޭޝަންގައި ގެއެއް ބަލައިފާސްކުރިއިރު ފެނުނު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތީގެ ވަގުތީ ބަރުދަނުގައި 5.96 ގުރާމު ހުރި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ފަސީހު 15 ދުވަހަށް އަދި އިބްރާހީމް ކަލީމް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބާރަށު ޕޮލިސް ސްޓޭޝަނުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Ads by Allied Insurance