Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވިއްސާރަވެގެން ހިނގި ހާދިސާތަކުގައި 77 މަރު

ވިއްސާރަވެގެން ހިނގި ހާދިސާތަކުގައި 77 މަރު

ފާއިތުވި ތިން ހަފްތާގެ ތެރޭގައި ޕާކިސްތާނަށް ކުރަމުންދާ ބޯ ވިއްސާރައާ ގުޅިގެން ހިނގި ހާދިސާތަކުގައި 77 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝެރީ ރެހްމާން ވިދާޅުވީ މޫސުމީ ވިއްސާރައިގެ ސަބަބުން ގެދޮރާއި މަގުތަކަށާއި ބްރިޖްތަކަށާއި އިންޖީނުގެތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.

ރެހްމާން ވިދާޅުވީ މަރުވި 77 މީހުންގެ ތެރެއިން 39 މީހުން މަރުވެފައި ވަނީ ޕާކިސްތާނުގެ ބަލޫޗިސްތާނު ޕްރޮވިންސުން ކަމަށެވެ. ޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި ބަލޫޗިސްތާނުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން އިސްލާމްއާބާދާއި އިރުމަތީ ޕަންޖާބު ޕްރޮވިންސަށް ވެސް ބޯކޮށް ވާރޭ ވެހިފައިވެއެވެ.

ރެހްމާން ވިދާޅުވީ މިފަހުން ޕާކިސްތާނަށް ވެހިފައިވާ ވިއްސާރަ، އެވްރެޖްކޮށް ވިއްސާރަކުރާ މިންވަރަށް ވުރެ %87 ބޯކޮށް ވެހިފައިވާ ކަމަށެވެ.

މިކަން މޫސުމަށް އަންނަ ބަދަލުތަކާ ގުޅުވައިދެއްވަމުން ވިދާޅުވީ ޕާކިސްތާނުގައި އިތުރު ފެންބޮޑުވުމާ ކުރިމަތިލާން ތައްޔާރަށް ހުންނަން ޖެހޭނެ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ޕާކިސްތާނުގެ ގިނަ ސިޓީތަކުގައި އަހަރަކު އެއްފަހަރު ދިމާވާ މޫސުމީ ވާރޭއާ ކުރިމަތިލާން ޖެހެއެވެ. މިކަން ބޮޑަށް ހިނގުމަށް މެދުވެރި ވަނީ ސަރުކާރުގެ ޕްލޭނިން ދަށްވުމުން ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެއެވެ.

ޕާކިސްތާނުގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް މިއަހަރުގެ ކުރީކޮޅުން ފެށިގެން ވަނީ ވާރޭ ނުވެހި، ހަނަފަސްކަމާ ކުރިމަތިވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް