ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަކީ އިސްކަންދޭ ކަމެއްކަމަށް ޖައިޝަންކަރު ޗައިނާގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ފާހަގަކޮށްފި
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު، ޗައިނާގެ ފޮރިން މިނިސްޓަރު ވޭން ޔީއާއެކު މިއަދު ނިއު ދިއްލީގައި ބޭއްވި ބައްދަލުވުމެއްގައި، ހުރިހާ ބާވަތެއްގެ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއްކަމުގައި ފާހަގަކޮށްފިއެވެ.މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވުނެވެ. އަދި ދެ ގައުމުގެ ގުޅުން ބިނާވެފައި އޮންނަންވާނީ އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، އެކަކު އަނެކަކުގެ ޙާލަތަށް ރިއާޔަތްކުރުމާއި، އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގޮތުގެ މަތިންކަމަށް ޖައިޝަންކަރު ވަނީ ފާހަގަކުރައްވާފައެވެ.ދެ ގައުމުގެ ދެމެދުގައި ދިމާވެފައިވާ ދަތި މަރުހަލާއެއް ފަހަނައަޅައި، ކުރިއަށް ބަލައި، ދެމެހެއްޓެނިވި ގުޅުމެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަން ޖައިޝަންކަރު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި އިޤްތިޞާދީ އެއްބާރުލުން، ވިޔަފާރި، ގުޅުންތައް އަދި ބޯޑަރު މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.ޚާއްޞަކޮށް ޗައިނާގެ މުހިންމު އެކުވެރިއެއްކަމުގައިވާ ޕާކިސްތާނުން އިންޑިއާއަށް ކުރިމަތިވަމުންދާ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިސްޓް ޙަރަކާތްތަކާ ގުޅޭގޮތުން އިންޑިއާގެ ކަންބޮޑުވުންތައް މި ބައްދަލުވުމުގައި ހިއްސާކުރެވުނެވެ. އަދި "އޮޕަރޭޝަން ސިންދޫރު" ފަދަ ޓެރަރިޒަމާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކަށްވެސް އިޝާރާތްކުރެވުނެވެ.މި ދަތުރަކީ 2024 ގެ ފަހުކޮޅު ދެ ގައުމުގެ ލީޑަރުން ބައްދަލުކުރެއްވުމަށްފަހު ޗައިނާގެ މިނިސްޓަރެއް އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އަދި މި ދަތުރު މި ކުރައްވަނީ ޗައިނާއިން ހޯސްޓްކުރާ އެސް.ސީ.އޯ ސަމިޓުގެ ކުރިންނެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވުނެވެ. އަދި ދެ ގައުމުގެ ގުޅުން ބިނާވެފައި އޮންނަންވާނީ އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، އެކަކު އަނެކަކުގެ ޙާލަތަށް ރިއާޔަތްކުރުމާއި، އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގޮތުގެ މަތިންކަމަށް ޖައިޝަންކަރު ވަނީ ފާހަގަކުރައްވާފައެވެ.
ދެ ގައުމުގެ ދެމެދުގައި ދިމާވެފައިވާ ދަތި މަރުހަލާއެއް ފަހަނައަޅައި، ކުރިއަށް ބަލައި، ދެމެހެއްޓެނިވި ގުޅުމެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަން ޖައިޝަންކަރު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި އިޤްތިޞާދީ އެއްބާރުލުން، ވިޔަފާރި، ގުޅުންތައް އަދި ބޯޑަރު މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.
ޚާއްޞަކޮށް ޗައިނާގެ މުހިންމު އެކުވެރިއެއްކަމުގައިވާ ޕާކިސްތާނުން އިންޑިއާއަށް ކުރިމަތިވަމުންދާ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިސްޓް ޙަރަކާތްތަކާ ގުޅޭގޮތުން އިންޑިއާގެ ކަންބޮޑުވުންތައް މި ބައްދަލުވުމުގައި ހިއްސާކުރެވުނެވެ. އަދި "އޮޕަރޭޝަން ސިންދޫރު" ފަދަ ޓެރަރިޒަމާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކަށްވެސް އިޝާރާތްކުރެވުނެވެ.
މި ދަތުރަކީ 2024 ގެ ފަހުކޮޅު ދެ ގައުމުގެ ލީޑަރުން ބައްދަލުކުރެއްވުމަށްފަހު ޗައިނާގެ މިނިސްޓަރެއް އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އަދި މި ދަތުރު މި ކުރައްވަނީ ޗައިނާއިން ހޯސްޓްކުރާ އެސް.ސީ.އޯ ސަމިޓުގެ ކުރިންނެވެ.