"މީހުން މީހުނަށް ވާނީ މީހުނަށް ހެދީމަ"

“ މީހުން މީހުންނަށްވާނީ މީހުން މީހުންމަށް ހެދީމަ” އޭ ބުނެ ކަސްއަޅާފައި އިން ޒުވާން ފުރާގެ ސޮރެއް ގޮވާގެން ކަޅުއޮއްފުންމީގައި މީގެ 466 އަހަރު ކުރިން ވަތަނީ ލޯބިން ފޯވެފައިތިބި 3 ދިވެހިން މީލާދުން 1558 އިން ފެށިގެން 1573 އަށް ރާއްޖެ އިސްތިއުމާރު ކޮށްގެންތިބި ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިން މިންޖުކޮށްދިނުމަށްވެވަޑައިގަތް މަތިވެރި ގުރުބާނީއިން އިބުރަތް ހާސިލްކުރަމަކީ މުހިންމު ކަމެކެވެ. ބަވަނަވަމުންމިދާ ދުނިޔޭގައި މި ކުޑަކުޑަ ރާއްޖޭގެމިނިވަންކަމާއި އިސްތިގުލާލަށް އޮތް ނުރައްކަލަކީ އަޅާނުލާ ދޫކޮށްލެވޭނެ ނުވަތަ ނުދައްކާ ތިބެވިދާނެ ވާހަކައެއް ނޫނެވެ. އެދުވަހު ޕޯޗުގީޒުން ދިވެހިންގެ އިއްފަތްތެރިކަން ފޭރެމުން ދިވެހިންގެ ކަރުބުޑަށް ބަނގުރާ އަޅަމުން ދިޔައިރު ދިވެހި ގައުމީ ލޯބިން ފޯވެ، މި ވަތަނުގެ މިނިވަންކަމުގެ ދަހިވެތިކަމުގައި އުތީމު ތިން ބަދަވިން އެދުވަހު ކަނޑި، ބަޑިން ހަނގުރާމަ ކުރިއެއް ކަމަކު ދުނިޔޭގެ އާޖު ފާޖު އަދު މިވަނީ ބަދަލުވެފައެވެ. ހަނގުރާމަތަކާ އަޅުވެތިކުރުންތަކާ ، ދޭދޭ ގުޅުންތަށް މިވަނީ އެތަކެއް ރާސްތާއަކަށް ކުރިއަރާ ގޮހެވެ.
ގައުމީ ދުވަހިގެ މަތިވެތި ޖިހާދުން މިއަދު އަޅުގަނޑުމެން ހާސިލްކުރަންވީ އިބުރަތަކީ މިނިވަންކަން ހިމާޔަތްކުރުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ފަރުދީ ޒިންމާއެއްކަމާ އިސްލާމުދީނުގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެމައްޗަށް ވާޖިބުކަމެއްކަމެވެ. ރާއްޖޭގެ ފުދުންތެރިކަން ކުރިއަރުވާ ޒަމާނީކުރުން މުހިންމު ކަމެވެ. ގައުމިއްޔަތު ދިރުވާ އާލާކޮށް މީހުން ބިކާކުރުމުގެ މުހިންމު ކަމެވެ. ކަމެއް ދަމެއް ބޮޑުވާ ހިނދަކަށް ފާރަވެރިވެ ތައްޔާރަށް އޮތުމުގެ ބޭނުންތެރިކަމެވެ. ޒަމާނަށް ހޭލާ ފާރަވެރިވެ ތިބުމީ މިނިވަންކަމަށް މުހިންމު ކަމެއްކަމެވެ. އިރެއްގައި ފަންރިޔަކުގައި ނިކުމެ ދިވެހި ކަނޑުތަށްކަފާ ދުއްވިއެއްކަމަކު އެޒަމާން ފަސްދީ ހިނގައްޖެއެވެ. މިއީ ސުޕަސޮނިކުގެ ޒަމާނެވެ. އަޑަށްވުރެ ބާރަށް ދަތުރުކުރާ ޒަމާނެވެ. އޭއައި ގެ މި ޒަމާނުގައި ޕިން ޕޮއިންޓްކޮށް ހަނގުރާމަވެރި ލަޝްކަރުތަކާ، އިންސާނަކާ ނުލާ މިސައިލްތަކާ ރޮކެޓާ، ޑުރޯނުތަކުން ގައުމުތަށް އެދަނީ ސުންނާފަތި ކުރަމުންނެވެ. އެންމެ މިސައިލަކުން އަރާނުގަނެވޭނެ ބޮޑެތި ގެއްލުންތަކާ ހާހުން އެދަނީ މީހުން މަރުވަމުންނެވެ.
މިކަންކަމުން ފިލަވަޅެއް ހާސިލްކުރުން މުހިންމީ ރާއްޖެއަކީ އަބަދުވެސް ގައުމުތަކުން ކަޅި އަޅާ ގައުމަކަށް ވާތީއެވެ. އަބަދަކު ދުނިޔެމަތީ ސުވަރުގޭގެ ތާޖު އަޅައިގެން ތިބެވޭކަށެއްނެވެ. އެދުވަހު މިންޖުވާން ޖެހުނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ނަމަވެސް މިއަދު މިވަނީ ބޭރުންނާއި އެތެރެއިން ދީފާނެ އުދުވާނީ ހަމަލާއަކަށް ފަރުވާވެ ސަމާލުވާށެވެ. އެދުވަހު 3 ބަދަވީން ގެ ހިއްވަރާ ނަމޫނާއިން އިބުރަތް ހާސިލުކޮށް ދިވެހި ސިފައިންގެ ލަސްކަރު މިވަނީ ރުކުރުވަން މުހިންމުވެފައެވެ. އަސްކަރީ ބާރުތަށް ފަންނީ ގޮތުންނާއި އުމްރާނީގޮތުން އަދާހަމަކުރަންޖެހިފައެވެ. ފިރުކެމުންދިޔަ ދިވެހި އަސްކަރީ ހިދުމަތްތަކުގެ ފެންވަރުމަތިކޮށް ޒަމާނަށް ހޭލާ އަމިއްލަ ފައިމައްޗަށްނެގުމަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވާ އެއް ދާއިރާއެވެ. އެގޮތުން އެމަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފަށްޓަވައިގެންވެސް މިސިޔާސަތުތައް ތަންފީޒުކުރައްވަންވަނީ ފަށްޓަވާފައެވެ. ނަތީޖާއެއްގެ ގޮތުން ވެރިކަމާ ހަވާލުވީތާ ގިނަ ދުވަސްތަކެއް ނުވަނީސް ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތަށް ވަނީ ތަޢާރަފްކުރައްވާފައެވެ. ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ.
ޑޯގަން ކްލާސްގެ މަނަވަރުގެ ވާހަކައަކީ ދެއްކުން މުހިންމު ވާހަކަތަކެވެ. ދަރުމަވަންތަ އަކީ ދިވެހިންގެ ފަހުރެކެވެ. މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުވެގެންދިޔުމަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، ބައިނަލްއަޤްވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދަޢުރު ފުރިހަމައަށް އަދާކުރުމަށް ލިބުނު ބޮޑު އެހީއެކެވެ. ހަގީގަތުގައި “ ދަރުމަވަންތަ” މަނަވަރަކީ ދިވެހިންގެ ޒަމާނީ “ ކަޅުއޮއްފުންމި “ އެވެ. ބޮޑުތަކުރުފާނު ވިދާޅުވީ ހެޔޮކޮށެވެ. " މީހުން މީހުންނަށްވާނީ މީހުންނަށް ހެދީމައެވެ."
