ޚަބަރު

ފިޒީ ޑްރިންކް، ޑރ. ޕެޕާ ރާއްޖޭގައި ވިއްކުން މަނާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޑރ. ޕެޕާ ދަޅެއް--

އެމެރިކާގައި އުފައްދާ ފިޒީ ޑްރިންކުގެ ބާވަތެއް ކަމަށްވާ ޑރ. ޕެޕާ ރާއްޖޭގައި ވިއްކުން މަނާކޮށްފި އެވެ.

Ads by STELCO

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ(އެމްއެފްޑީއޭ)އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ޑރ. ޕެޕާގައި ހުންނަންޖެހޭ މިންވަރަށް ވުރެ ބެންޒޮއިކް އެސިޑް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެ އުފެއްދުން ރާއްޖެ އެތެެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމްސް ފޯ ފުޑް އެންޑް ފީޑްއިން ރާއްޖެއަށް އަންގާފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެހެންވެ އެ ބާވަތުގެ ފިޒީ ޑްރިންކް ބާޒާރުން ނަގައި އަދި ވިއްކުން ހުއްޓާލައި އަދި މިހާރު ހުރި ސްޓޮކް ނައްތާލަން އެމްއެފްޑީއޭއިން ވަނީ އަންގައިފަ އެވެ.

ރާއްޖެ އެތެރެކުރާ ފިޒީ ޑްރިންކްގެ ބާވަތްތައް ރާއްޖޭގައި މަނާކުރުމަކީ ވަރަށް މަދުން ނޫނީ ހިނގާ ކަމެއް ނޫނެވެ. ނަމަވެސް ބައެއް ކަހަލަ ބޭހުގައި މައްސަލަތައް ހުރެގެން ރާެއްޖޭގައި ބޭނުންކުރުން ދޭތެރެ ދޭތެރެއިން މަނާކުރެ އެވެ.

Ads by HDC