ބަންޑުން ޖަހާލި ދޯންޏަކުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ކ. ތުލުސްދޫ ކައިރިން މިރޭ ބަންޑުން ޖަހާލި ދޯންޏަކުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ބަންޑުން ޖަހާލީ "ލިއޯ" ނަމަކަށް ކިޔާ ދޯންޏެކެވެ.
އެމްއެންޑީއެފްއިން މިރޭ ބުނީ އެ ހާދިސާ ހިނގިއިރު އެ ދޯނީގައި ހަ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ރިޕޯޓްކުރި ކަމަށެވެ.
އޭނާ ހޯދަމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން ދަނިކޮށް މަރުވެފައި އޮއްވާ އެ މީހާގެ ހަށިގަނޑު ފެނިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
މަރުވީ ދިވެއްސެއް ކަމެއް ބޭރު މީހެއްކަން ވެސް އަދި ސާފު ނުވާއިރު އެއީ ކޮން ޖިންސެއްގެ މީހެއްކަން ވެސް އަދި ހާމައެއް ނުކުރެ އެވެ.
އެ ދޯނި ބަންޑުން ޖަހާލީ ކީއްވެގެން ކަމެއް ނޭނގެ އެވެ. މި ދުވަސްވަރަކީ ކަނޑުގަދަ ދުވަސް ވަރަަކަށް ނުވާއިރު ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްވެސްކޮށްފައެއް ނުވެއެވެ.
