ޚަބަރު

ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުން މަސްތުވާތަކެތި އަތުލައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލެ މުދާ ޖެޓީ ސަރަހައްދު--

ހުޅުމާލެ ފޭސް އެކެއްގެ ކަންނެލި ޖެޓީ ސަރަހައްދު ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

Ads by STELCO

ފުލުހުން ބުނީ އިއްޔެ ފުލުހުން ހުޅުމާލޭގައި ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ޖެޓީ ސަރަހައްދުގައި ތިބި ބައެއްގެ އަމަލުތައްހުރި ގޮތުން ތުހުމަތު ކުރެވިގެން އެ މީހުންނާއި އެ ސަރަހައްދުވެސް ފާސްކޮށް ބަލައި ހެދި ކަމަށެވެ.

އަދި އެ ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި ތަކެތި ފެނިފައިވަނީ ކަންނެލި ޖެޓީ ޑޮކް ފެންޑަރެއްގެ ތެރެއިންނެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް  ތަހުގީގު ކުރަމުންދާ ކަމަށެވެ.

Ads by Allied Insurance