ޚަބަރު

ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން އެމްޑީޕީގެ މެމްބަރަކު ތާއިދުކުރައްވައިފި 

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން އެމްޑީޕީގެ މެމްބަރަކު ތާއިދުކުރައްވައިފި އެވެ.

Ads by STELCO

އިގުތިސާދީ ގޮތުން މަޑުޖެހިފައިވާ މި ދުވަސްވަރު މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ގޮވާލައި ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ގޮވާލަމުން ނެވެ. ހުދު ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މިއަދު ވަނީ ކުރީގެ ރައީސުންނާއި ކުރީގެ މަޖިލިސް މެމްބަރުންނަށް ދޭ އިނާޔާތްތައް ކުޑަކުރަން ނިންމާފައިވާކަން އިއުލާންވެސް ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވެސް ވަނީ ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ތާއިދުކުރާކަން ހާމަކުރައްވައިފަ އެވެ.

އިބްރާހިމް އެކްސްގައި މިއަދު ވިދާޅުވީ މުޅި އުމުރު ދައުލަތަށް ހިދުމަތްކޮށްފައި، ސަރުކާރުގެ އިސް މަގާމުތައް އަދާކޮށްފައި، މިހާރު ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ، ބޭސްފަރުވާ އަށް ‘ސަލާން ޖަހަމުންދާ’ ފަރާތަކާއި ދާދި ފަހުން ދިމާވި ކަމަށެވެ.

"އޭގެ އެތައް ބަޔަކު މިރާއްޖޭގައި ދިރިއުޅޭ. ވަޒީފާއިން ވަކިވުމަށްފަހު އެފަރާތްތަކަށް ނުލިބޭ އިނާޔަތެއް، ގަދަރެއް، އިއްޒަތެއް ރައްޔިތުންގެ މަޖިލިސް މެންބަރަކަށްވީތީ ލިބުމަކީ އިންސާފެއް ނޫން. އެކަން ބަލައެއް ނުގަނެވޭނެ." އިބްރާޙިމް ވިދާޅުވި އެވެ.

ކުރީގެ މެމްބަރުންނަށް މިހާރު ވެސް ހެލްތު އިންޝުއަރެންސްއާއި އެހެނިހެން އިނާޔަތްތަކަށް ބޮޑު ހޭދައެއް ދަނީ ކުރަމުން ނެވެ،

Ads by HDC