ލޮރީއެއްގެ ދަށުވެ ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ ވޯޑަށް ބަދަލުކޮށްފި

ކ. ތިލަފުށީގައި ލޮރީއެއްގެ ދަށުވެ ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ ވޯޑަށް ބަދަލުކޮށްފި އެވެ.
އިއްޔެ މެންދުރު ހިނގި އެ ހާދިސާގައި އަނިޔާވީ އެކްސްކަވޭޓަރެއްގެ ކައިރީގައި މަސައްކަތް ކުރަން ހުރި ސްރީލަންކާއަށް ނިސްބަތްވާ މީހެކެވެ.
އެ ހާދިސާގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު އިރު އެނާއަށް ފަރުވާ ދެމުންދިޔައީ އައިޖީއެޗުގަ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ ވޯޑުގައި ކަމަށެވެ. އޭނާއަށް ލިބުނު ގެއްލުމުގެ ސީދާ ތަފްސީލެއް އޮފިޝަލު ނުދެއްވަ އެވެ.
އެކްސިޑެންޓް ހިނގިއިރު ލޮރީ ދުއްވަން އިން އިންޑިއާގެ އުމުރުން 28 އަހަރުގެ ވިގްނޭޝް އަނަދުރާއީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ދުއްވި ލޮރީވެސް މިހާރު އޮތީ ޓޯކޮށްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ،
