Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް ކުރިމަތިލާން ދެ ހަފްތާތެރޭ ހުޅުވާލަނީ

ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް ކުރިމަތިލާން ދެ ހަފްތާތެރޭ ހުޅުވާލަނީ

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް ކުރިމަތިލާން ދެ ހަފްތާތެރޭ ހުޅުވާލަން ނިންމާފައިވާކަން ސަރުކާރުން މިރޭ އިއުލާންކޮށްފި އެވެ.

ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.

ރައީސް މުއިއްޒު މިރޭ އެކްސްގައި ވިދާޅުވީ އެ ވައުދާ އެއްގޮތަށް  ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"މީގެތެރޭގައި، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް މި ސްކީމް ޑިޒައިންކޮށް، ކުރިޔަށް 2 ހަފްތާ ތެރޭގައި ހުޅުވާލަން އަޅުގަނޑުވާނީ ދަންނަވާފަ" ރައީސް ވިދާޅުވި އެވެ.

https://twitter.com/MMuizzu/status/1967225072437145613

 

އެ ލޯން ސްކީމް ގެ މަގުސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮންޓެންޓް ކްރިއޭޓަރުން އިތުރުވެފައިވާ އިރު ގިނަ ކޮންޓެންޓް ކްރިއޭޓަރުން ހަރަކާތްތެރިވަނީ ޓިކްޓޮކުގަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް