ޚަބަރު

ނޭޕާލު އަންހެން މީހާއަށް ވަޅިން ހަމަލާ ދިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ނޭޕާލު އަންހެން މީހާއަށް ވަޅިން ހަމަލާ ދިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އިއްޔެ މެންދުރު ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ފިހާރައެއްގެ މަސައްކަތްކުރަމުން ދިޔަ 21 އަހަރުގެ ނޭޕާލު އަންހެން މީހާއަށް ހަމަލާ ދިނީ ބަނގުލަދޭޝްއަށް ނިސްބަތްވާ ޖަހަންގިރް މިއާ، 25، އެވެ.

ޖަހަންގިރު ހަމަ އިއްޔެ ހައްޔަރުކުރި އިރު އޭނާގެ ބަންދާގެ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމަރު ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޖަހަންގިރުގެ ހަމަލާގައި އަންހެން މީހާއަށް ލިބުނު ޒަހަމްތަކާ ގުޅިގެން އޭނާ ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ފަރުވާ ދިނުމަށް ފަހު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

އެ ހަމަލާ ދިނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.

ނަމަވެސް އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ތޫނު ހަތިޔާރުން ހަމަލާ ދިނުމަކީ ބޮޑު އަދަބެއް ލިބޭ ކުށެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!