ޕްރެޒެންޓަރު އިނާޔަތު ޝަރުތުތަކާއެކު ދޫކޮށްލައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޕްރެޒެންޓަރު އިނާޔަތު އަލީ ޝަރުތުތަކާއެކު ދޫކޮށްލައިފި އެވެ.
ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ރެއިޑް އޮޕަރޭޝަންއެއްގެ ތެރެއިން އިނާޔަތާއެކު އިތުރު ދެ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 25 ދުވަހު އެވެ.
އިނާޔަތުގެ ކުޑަކަމުދާ ތަކެތި ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި އިރު އޭނާގެ ބަންދަށް އޮތީ ހަތް ދުވަސް ވެސް ޖަހައިދީފަ އެވެ.
ފުލުހުން މިއަދު ބުނީ އިނާޔަތު ޝަރުތުތަކާއެކު މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ.
އިނާޔަތު ހައްޔަރުކުރީ ކުރީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.
އަދި އެ މައްސަލައިގައި ހައްޔަރުކުރި މީހުންނާ ގުޅޭ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށް ފުލުހުން ކުރިން ބުންޏެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމް އެވެ.
އިނާޔަތަކީ ޕީއެސްއެމްއާއި ދިވެހިރާއްޖޭގެ އަޑުގައި ވެސް ފާހަގަކޮށްލެވޭ ޕްރެޒެންޓަރަކަށްވާ އިރު މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރުކުުރުމުން ގިނަ ބަޔަކަށް ވަނޯީ ޝޮކެއް ލިބިފަ އެވެ.
