ޚަބަރު

ބޮކްސާ ތެރޭގައި މަސްތުވާތަކެތި އެތެރެކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކްރިމިނަލް ކޯޓު ހިންގާ އިމާރާތް/ ފޮޓޯ: ދެން

ބޮކްސާ ތެރޭގައި މަސްތުވާތަކެތި އެތެރެކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން ސ. މަރަދޫ/ ނަރުގިސްމާގެ، އަހުމަދު ޒާހިދު(50އ.) ހައްޔަރުކުރީ ރާއްޖެ އެތެރެވި އިރު ބޮކްސާ ތެރޭގައޮ ފޮރުވައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަނިކުރަން އުޅެނިކޮށެވެ.

އޭނާގެ ކުޑަކަމުދާ ތަކެތިވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

"ތުހުމަތުކުރެވޭ ކުށް މީނާ ކުރިކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވޭ. އެގޮތުން ތަހުގީގު ބަޔާންތަކާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި އެހެނިހެން ހެކި ގަރީނާ ހުށަހަޅާފައިވޭ" ބަންދު އަމުރުގައި ބުނެފައި ވެއެވެ.

އެހެންވެ ޝަރީއަތް ނިމެންދެން ޒާހިދު ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުނެރެފަ އެވެ.

ބޮކްސާ ތެރޭގައި މަސްތުވާތަކެތި އެތެރެކޮށްގެން މީގެ ކުރިން ވެސް އެކި މީހުން އަތުލައިގެންފައި ވެއެވެ.

Ads by Ooredoo