ޚަބަރު

ކުޑަކުދިންތަކަކާއެކު މަސްތުގެ ހާލަތުގައި ތިއްބާ ޕްރެޒެންޓަރު ނާއްޕެއާއެކު ބަޔަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކުޑަކުދިންތަކަކާއެކު މަސްތުގެ ހާލަތުގައި ތިއްބާ މަޝްހޫރު ޕްރެޒެންޓަރު ނާފިއު ރަޝީދު(ނާއްޕެ)39އ. އާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުން މިއަދު މީޑީއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އިއްޔެ އެ މީހުން ހައްޔަރުކުރީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލަައި ކުރިކުރުމުގެ ތެރެއިން ކަމަށެވެ.

އެ އެޕާޓްމަންޓްގައި އެ ވަގުތު 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ތިބިއިރު އެ އެޕާޓްމަންޓްއިން މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ޕެކެޓެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ނާއްޕެއާއެކު އިތުރު ތިން ދިވެހި ފިރިހެނުން ހައްޔަރުކުރި އިރު އެ މީހުންގެ ކުޑަކަމުދާ ތަަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި މީހުން އެޕާޓްމަންޓްގައި ތިބި ކުޑަކުދިން އެކްސްޕްލޮއިޓްކުރިކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

އެ މައްސަލައިގައި ނާއްޕެއާއެކު ހައްޔަރުކުރީ މ. އެތުމާ، އަލީ އަޝްރަފް، 35، ގދ. ވާދޫ، ޕެރިސް، ލުހާން ސައީދު، 41، ގެ އިތުރުން ހ. ފިނިކުރި، އިބްރާހިމް ޝިނާން އަހްމަދު، 33 އެވެ.

އެ އެންމެންގެ ބަންދަށް ތިން ދުވަސް ޖަހައިދީފައިވާ އިރު ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

 

Ads by Allied Insurance