ޚަބަރު

ނެތެމުންދާ އިހުތިރާމް އަދާކުރުން އާލާކުރަން ގައުމީ މަޝްރޫއެއް ފަށަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ފުލިދޫއަށް ވަޑައިގަތުން-- ފޮޓޯ/ ރައީސް އޮފީސް

ދިވެހީންގެ ތެރޭގައި މިހާރު ނެތެމުންދާ އިހުތިރާމް އަދާކުރުމުގެ ކަންކަން އަލުން އާލާކުރަން ގައުމީ މަޝްރޫއެއް ފަށަން ސަރުކާރުން ނިންމައިފި އެވެ،

Ads by STELCO

އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ މަހިބަދޫގައި ރައީސް ވިދާޅުވީ ދިވެހީންނަކީ ކުރިން އެކަކު އަނެކަކަށް ވަރަށް ލޯތްބާއެކު ކުލުނާއި ހިނިތުންވުމާއެކީގައި އަޅާލައި އުޅުނު ބައެއް ކަމަށެވެ.

އެހެން ނަމަވެސް ސިޔާސީ އޮއިވަރެއްގެ ތެރެއަށް ރާއްޖެ ވަދެވުމާއެކު އެކަކު އަނެކަކަަށް އިހުތިރާމް އަދާކުރުން ވަރަށް ބޮޑަށް ވެއްޓިގެންގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެކަން ކުރިއެކޭ އެއްގޮތަށް ބަދަލުކުރަން ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން ބޭނުން މި އަންނަ އަހަރުގެ ތެރޭގައި [މިއީ] އަތް ލެވޭ މަޝްރޫއެއް ނޫން. އެހެން ނަމަވެސް  ބިޔަ މަޝްރޫއެއްގެ ގޮތުގައި އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަން. ރެސްޕެކްޓް ކެމްޕޭންއެއް ފަށަން" ރައީސް ވިދާޅުވި އެވެ.

އެ ކެމްޕޭންގައި ހުރިހާ ސިވިލް ސޮސައިޓީތަކާއި ސިޔާސީ ޕާޓީތަކާއި އެންޖީއޯތަކާއި އަދި ކަމާ ބެހޭ ހުރިހާ ފަރާތްތަކާއި ކަމާ ބެހޭ ހުރިހާ މުއައްސަސާތަކުން ބައިވެރިވުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

"ބައިވެރިވެގެން އެކަކު އަނެކަަކަށް އިހުތިރާމް އަދާކުރުމުގެ އާދަ ގެނެސް މި ގައުމުގައި ދިވެހީންގެ ތެރޭގައި ކުރީގައި އޮތް އިހުތިރާމް އަދާކުރުން އަވައްޓެރިންނަށް އިހުތިރާމް އަދާކުރުން މައިންބަފައިންނަށް އިހުތިރާމް އަދާކުރުން ދުވަސްވީ މީހުންނަށް އިހުތިރާމް އަދާކުރުން ކްލާސްރޫމްގެ ޓީޗަރުންނަށް އިހުތިރާމް އަދާކުރުން މިހެން ގޮސް މުޅި ގައުމުގައ މުޖުތަމައުގަ ސޮސައިޓީގަ އެކަކު އަނެކަކަށް އިހުތިރާމް އަދާކޮށް ރެސްޕެކްޓް އެބަ ޖެހޭ އަނބުރާ އަންނަން" ރައީސް ވިދާޅުވި އެވެ.