ކުޑަކުދިންތަކަކާއެކު މަސްތުގެ ހާލަތުގައި ހުއްޓާ ހައްޔަރުކުރި ޕީއެސްއެމްގެ ވަކީލު ސަސްޕެންޑްކޮށްފި

ކުޑަކުދިންތަކަކާއެކު މަސްތުގެ ހާލަތުގައި ހުއްޓާ ހައްޔަރުކުރި ޕީއެސްއެމްގެ ވަކީލު, ހ. ފިނިކުރި، އިބްރާހިމް ޝިނާން އަހުމަދު(33އ.) މަގާމުން ސަސްޕެންޑްކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު ފުލުހުން ޝިނާންއާއި އިތުރު ތިން ދިވެހި ފިރިހެނަކު ހައްޔަރުކުރީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލަައި ފާސްކޮށް ހިންގި ރެއިޑެއްގެ ތެރެއިން އެވެ.
ގިނަ އަހަރުތަކެއް ވަންދެން ބަންޑާރަ ނައިބު އޮފީހުގެ ސްޓޭޓް އެޓާނީއެއްގެ މަގާމުވެސް ފުރުއްވި ޝިނާން ހައްޔަރުކުރި އިރު ވެސް ހުންނެވީ ޕީއެސްއެމްގެ ވަކީލުގެ މަގާމުގަ އެވެ. އެހެންވެ އެފަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު އެފަދަ މައްސަލައެއްގައި ހައްޔަރުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ.
ޕީއެސްއެމްގެ އޮފިޝަލަކު "ދެން" އަށް ވިދާޅުވީ އެ މައްސަލައިގައި މުސާރަ ނުލިބޭގޮތަށް ޝިނާން 14 ދުވަހަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ޝިނާންއާއެކު އެ މައްސަލައިގައި ހައްޔަކުރީ
- މަޝްހޫރު ހޯސްޓް އަދި ޕްރެޒެންޓަރު ނާފިއު ރަޝީދު (ނާއްޕެ) 39އ.
- މ. އެތުމާ، އަލީ އަޝްރަފް، 35އ.
- ގދ. ވާދޫ، ޕެރިސް، ލުހާން ސައީދު، 41، އ.



.jpeg?prefix=media)


ކޮމެންޓް