ޚަބަރު

އައްޑޫއަށް 1.8 މެގަވޯޓުގެ އިތުރު ދެ ޖެނެރޭޓަރު ފޮނުވަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދަން މިދިޔަ މަހު އެ ސިޓީއަށް  ފޮނުވި 1.8 މެގަވޯޓުގެ ޖެނެރޭޓަރެއް އިންސްޓޯލްކޮށްފައި / ފޮޓޯ:ފެނަކަ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ސިޓީއަށް އަށް 1.8 މެގަވޯޓުގެ އިތުރު ދެ ޖެނެރޭޓަރު ފޮނުވަން ނިންމައިފި އެވެ.

Ads by MPL

އައްޑޫގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ފެނަކައިން މިއަދު ބުނީ ކަމިންންސް ބްރޭންޑްގެ 1.8 މެގަވޯޓުގެ ދެ ޖަނެރޭޓަރު ރޭ މާލެ ގެނެސްފައިވާ ކަމަށެވެ.

އަދި އެ ދެ ޖެނެރޭޓަރުތައް އައްޑޫއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ ޖެނެރޭޓަރުތަކާ އެކު 1.6ގެ އިތުރު އާ ޖަނަރޭޓަރެއް ވެސް އައްޑޫއަށް ގެންދާނެ ކަމަށެވެ.

އައްޑޫއަށް މެދުނުކެނޑި ކަރަންޓު ދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން އިތުރު ޖެންސެޓެއް އެ ސިޓީއަށް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

"މީގެ އިތުރަށް އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ." ފެނަކައިން އިތުރަށް ބުންޏެވެ.

ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓްތަކަށް މައްސަލަަތައް ދިމާވެ އައްޑޫގައި ދޭތެރެ ދޭތެރެއިން ކަނޑަމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

އެ މައްސަލަ މަޖިލީހަށް ވެސް ހުށަހަޅާފައިވާ އިރު އައްޑޫގެ ރައްޔިތުން ވެސް ވެސް ވަނީ މައްސަލަ ހައްލުނުވާތީ މުޒާހަރާވެސްކޮށްފަ އެވެ.

ސަރުކާރުން އެ މައްސަލައިގައި ބުނީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ads by Allied Insurance