ޚަބަރު

ލަންކާއަށް ދިއުމުގެ ކުރިން އީޓީއޭ ހޯދަން ޖެހޭގޮތަށް ހެދި ގަވައިދަށް އަމަލުކުރުން މެދުކަނޑާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓް--

ސްރީލަންކާއަށް ދިއުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓޭއޭ)" އެއް ހޯދަންޖެހޭއީޓީއޭ ހޯދަން ޖެހޭ ގަވައިދަށް އަމަލުކުރުން މެދުކަނޑާލައިފި އެވެ.

Ads by STELCO

ލަންކާއަށް އެތެރެވާ ކޮންމެ ފަސެންޖަރަކުވެސް އީޓީއޭ ހޯދައިގެން ނޫނީ ލަންކާއަށް އެތެރެނުވެވޭ ގޮތް ހެދީ މިދިޔަ މަހުގެ 15އިން ފެށިގެން ނެވެ.

ނަމަވެސް ލަންކާގެ އިމިގްރޭޝަންއިން ބުނީ އެ ގަވައިދަށް އަމަލުކުރުން މުއްދަތެއް ނެތް ގޮތަށް މިހާރު ހުއްޓާލައިފައިވާ ކަމަށެވެ.

އެ ނިންމުން ނިންމި ސަބަބެއް ހާމައެއް ނުކުރެ އެވެ.

އެ ނިންމުން ނިންމިއިރު ލަންކާގެ ޓޫރިޒަމް ޕީކް ސީޒަން މިހާރު ވަނީ ފެށިފަ އެވެ.

ބޭސް ފަރުވާއާއި ޗުއްޓީ ހޭދަކޮށްލުމަށާއި އަދި ތައުލީމީ ކަންކަމަށް ގިނަ އަދަދެއްގެ ދިވެހީން އަބަދުވެސް ލަންކާއަށް ދަތުރުކުރެ އެވެ.