ޚަބަރު

މާލޭގެ ދެ ކެފޭއަކުން ގަވާއިދާ ހިލާފަށް އުޅޭ ފަސް ބިދޭސީއަކު ހޯދައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މާލޭގެ ދެ ކެފޭއެއް ބަލައިފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ ފަސް ބިދޭސީއަކު އިއްޔެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

Ads by MPL

އިމިގްރޭޝަނުން ބުނި ގޮތުގައި އެ ފަސް މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް އިއްޔެ ޓާސްކް ފޯސްއިން ހިންގި ރެއިޑެއްގަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އަނެއްކާ ވެސް ފުޅާކޮށްފައި މި ވަނީ ގައުމީ ބޮޑު މަސައްކަތެއް ފައްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު އިއުލާންކުރެއްވި ފަހުންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓްކުރުމުގެ ބޮޑު އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާއިރު އިމިގްރޭޝަން އިން ދަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

Ads by Allied Insurance