ވެލިދޫގެ ގެއެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
ނ. ވެލިދޫގެ ގެއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން "ދެން"އަށް ވިދާޅުވީ، ރޯވެފައި ވަނީ އެ ރަށު "ދިވެހި"ގޭގައި ކަމަށެވެ.
މިއަދު މެންދުރު 1:30 ކަންކާއިރު އެ ގޭގައި ރޯވިއިރު، އެ ގޭގައި އެއްވެސް މީހަކު ނެތް ކަމަށާއި އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"ބޮޑަށް ބެލެވެނީ ކަރަންޓް ޝޯޓެއް ވެގެން ދިމާވި ކަމެއް ކަމަށް" އާތިފް ވިދާޅުވިއެވެ.
އެ ހާދިސާގައި އެ ގޭގައި ބޭނުންކުރާ ބައެއް ތަކެތި ސަލާމަތް ކުރެވުނު ނަމަވެސް، އެ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އަދި އެ ގެއަކީ 8 މީހުން ދިރިއުޅެމުންދިޔަ ގެއެއްކަމަށާއި މިހާރު އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ.
ރޯވި ގެއަކީ މީގެ ދުވަސްކޮޅެއް ކުރިން ފުރާޅު ބަދަލުކޮށް އެކްސްޓެންޝަންގެ ގޮތުގައި ގެއާ ތަންކޮޅެއް ދުރުން އިތުރަށް ބިނާކޮށްފައިވާ ގެއެއްކަމަށް ވެސް ކައުސިލް ރައީސް އާތިފް މަޢުލޫމާތުދެއެވެ.
