Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ދޮގު ވާހަކަތަކުން ދައުލަތުގެ މުއައްސަސާތަކުގެ ގަދަރު ކުޑަކުރުމުން އެއްކިބާވޭ: ފުުލުހުން

ދޮގު ވާހަކަތަކުން ދައުލަތުގެ މުއައްސަސާތަކުގެ ގަދަރު ކުޑަކުރުމުން އެއްކިބާވޭ: ފުުލުހުން

ދޮގު ވާހަކަތަކުން ދައުލަތުގެ މުއައްސަސާތަކުގެ ގަދަރު ކުޑަކުރުމުން އެއްކިބާވެ ޒިންމާދާރު ނޫސްވެރިކަން ކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިހެން ބުނީ އޮންލައިން ނޫހެެއްގައި ލިޔެފައިވާ އާޓިކަލްއަކާ ގުޅިގެންނެެވެ.

އެ އާޓިކަލްގައިވާ ގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މަންޒަރު ފެންނަ ހަތަރު ފޮޓޯ އެބައޮތް ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން އެ މަނިކުފާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަން ތައްޔާރުވުމަށް ސަރުކާރުން ވަނީ ފުލުހުންނަށް އަންގާފައެވެ.

Advertisement
Ooredoo — Truecaller (box)

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ‏‎އެ އާޓިކަލްގައި ފުލުހުންނާއި ގުޅޭގޮތުން ލިޔެފައިވާ ހުރިހާ ވާހަކައަކީވެސް އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން ދޮގު ވާހަކަތަކުން ދައުލަތުގެ މުއައްސަސާތަކުގެ ގަދަރު ކުޑަކުރާ ކުރުމުން އެއްކިބާވެ، ޒިންމާދާރު ނޫސްވެރިކަން އިސްކުރެއްވުމަށް އިލްތިމާސްކުރާކަމަށް ފުލުހުންގެ ޓުވީޓުގައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް