ޓްރަމްޕް ރާއްޖޭގައި ރިސޯޓެއް ހަދަން ނިންމައިފި
"ދަ ޓްރަމްޕް އޮގަނައިޒޭޝަން" އިން ރާއްޖޭގައި ރިސޯޓެއް ގާއިމް ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.
ދަ ޓްރަމްޕް އޮގަނައިޒޭޝަން އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ވިޔަފާރި ކުންފުންޏެވެ. މިކަން ހާމަކޮށް އެ ކުންފުނިން ބަޔާނެއް ނެރެފައިވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ރިސޯޓު ގާއިމް ކުރުމަށް ނިންމާފައިވަނީ މާލެއިން ފުރައިގެން ގާތްގަނޑަކަށް 25 މިނިޓުން ދެވޭ ރަށެއްގައި ކަމަށެވެ. އަދި މި ރިސޯޓު ގާއިމް ކުރަނީ 80 އަށްވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗާއި މޫދު ކޮޓަރި ހިމެނޭ ގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ޓްރަމްޕް ގެ ދަރިކަލުން، ޓްރަމްޕް އޮގަނައިޒޭޝަން ގެ ނައިބު ރައީސް ވިދާޅުވީ ޓްރަމްޕް ބްރޭންޑް ރާއްޖެއަށް ތައާރަފް ކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ރިސޯޓު ގައި ލަގްޒަރީ އާއި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ މުޅިން އާ ބެންޗު މާލެއާ ކަނޑައެޅިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޓްރަމްޕް ބްރޭންޑް އިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ކަމަށްވާ ރާއްޖެއަށް ޓްރަމްޕް ބްރޭންޑް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މިއާއެކު ފުރަތަމަ ފަހަރަށް އެހެން އިންވެސްޓަރުންގެ ބައިވެރިވުން ވެސް ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ މަޝްރޫއެއް ތަރައްގީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެ ފަހު ކޮޅު ކަމަށް ވެސް ޓްރަމްޕް އޯގަނައިޒޭޝަނުން ބުނެފައިވެއެވެ.
