ޚަބަރު

އަންނަ މާޗު މަސް ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރްޓީއެލް ގާއިމް ކުރަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އާރްޓީއެލްގެ ފެރީތަކެއް/ ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

އަންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ގާއިމްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޖަޒީރާތައް، އެރަށް އަނެއް ރަށާ ގުޅިގެން މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެއާޕޯޓްތަކާއި ފެރީގެ ނިޒާމުން ރަށްތައް ގުޅާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އާރްޓީއެލް ފެރީގެ ހިދުމަތް ދެމުން އައީ ހަތަރު ރަށުގައި ކަމަށާއި، ނަމަވެސް މިހާރު 12 އަތޮޅެއްގައި ފެރީހެ ހިދުމަތް ދެމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ފެރީގެ ހިދުމަތް ގާއިމްކޮށް ނިންމައި ނުލެވޭނެ ކަމަށާއި، ނަމަވެސް އަންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ހުރިހާ ރަށެއް ފެރީގެ ނިޒާމުން ގުޅާލެވިގެންދާނެ ކަމަށެވެ.

މިހާރު އާރްޓީއެލްގެ ހިދުމަތް ދެނީ، ހއ. ހދ. ށ. ނ. ރ. ބ. ޅ. ތ. ގއ. ގދ. ގެ އިތުރުން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގަ އެވެ.

 

Ads by Ooredoo