މެތު ބޭނުންކޮށްގެން މަގުމަތީ ޓީޝާޓް ބާލައިގެން އުޅުނު މީހަކު ބަންދަށް
މަސްތުވާތަކެތީގެ ވަރުގަދަ ބާވަތެއް ކަމަށްވާ މެތު ނަގައިގެން މަގުމަތީގައި ޓީޝާޓް ބަލައިގެން އުޅުނު މީހަކު މިއަދު ބަންދުކޮށްފި އެވެ.
ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އަހުމަދު ސޫޒަން، ހުދުވެލި / ނ. ހޮޅުދޫ (39 އަހަރު) 30 ދުވަހަށް ބަންދުކުރުމަށެވެ.
ކޯޓު އަމުރުން އެނގުނު ގޮތުގައި އޭނާ މަސްތުގެ ހާލަތުގައި ހުއްޓާ ފުލުހުން ގޮސް ހުއްޓުވީ މާލޭގެ ސޯޝަލް ސެންޓަރު ކައިރީ އުޅެނިކޮށެވެ. އެ ވަގުތު އޭނާ އުޅުނީ ޓީޝާޓް ބަލައިގެން ކަން ވެސް ކޯޓު އަމުރުން އެނގެ އެވެ.
މިއީ ގިނަ އަދަދެއްގެ ވައްކަމާއި މަސްތުވާތަކެތީގެ ރެކޯޑު ވެސް އޮންނަ މީހެއް ކަން ކޯޓު އަމުރުން އެނގެ އެވެ.

