މައިންނަކީ ގިނަ ދަރިން ނަމޫނާއަކަށް ބަލާ ބައެއް: މެޑަމް ސާޖިދާ
މައިންނަކީ، އެ މައިންގެ ދަރިން ނަމޫނާއަކަށް ބަލާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ "ބިގިނަރސް އިލެކްޓްރިކް ކޯސް ފޯރ ވިމެން" ކޯހުގެ ދަސްވެނިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ކަރަންޓުގެ މި ފަދަ މަޢުލޫމާތުތައް އަންހެނުންނަށް ދަސްވެފައި ހުރުމަކީ ކަރަންޓުގެ ސަބަބުން ދިމާވާ ޙާދިސާއަކުން ގެއްލިގެންދާ ފުރާނަތައް ސަލާމަތް ކުރުމަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ. އަދި ކަރަންޓު ޚަރަދުތައް ކުޑަކުރުމަށް އެންމެ އެދޭ މަސައްކަތެއް ކުރެވޭނެ ބަޔަކީ ވެސް އަންހެނުންކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
"މިފަދަ ޢިލްމާއި ހުނަރާއި ތަމްރީނުގެ ތެރޭގައި މަންމަ އަބަދު ކުރަމުން އަންނަ މަސައްކަތެއްގެ ތެރެއިން ދިރިގެން އައުމަކީ ވަރަށް ގިނައިންވާ ކަމެއް. މަންމަ ކަރަންޓުގެ މަސައްކަތް ކުރާތީ ކުދިން އެ މަސައްކަތަށް ޝައުޤުވެރިވުން." މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން އެކަމަނާ ވިދާޅުވީ މިފަދަ މަސައްކަތްތައް އަންހެނުންނަށް ދަސްވުމަކީ ރަނގަޅު ތަކެތި ގަތުމަށް އެނގުމާއި ގޭތެރެއަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމެއްކަމަށާއި މުޖުތަމައުއަށް މިކަމުގެ ފައިދާ ކުރާނެ ކަމަށެވެ.
ސްޓެލްކޯއިން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމް 116 ކަނބަލުން ފުރިހަމަކުރިއިރު، އޭގެ ތެރެއިން 80 ކަނބަލުން ވަނީ ސެޓްފިކެޓް ހާޞިލްކޮށްފައެވެ.
