ޚަބަރު

ޑުރަގު މައްސަލައެއްގައި އަނެއްކާ ވެސް އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)/ ފޮޓޯ: އެންޑީއޭ

ޑުރަގު މައްސަލައެއްގައި އަނެއްކާ ވެސް ނެޝެނަލް ޑުރަގު އޭޖެންސީ(އެންޑީއޭ)ގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

އެންޑީއޭއިން ފަރުވާ ހޯދާ ފަރާތްތަކަށް މަސްތުވާތަކެތިދީ، އެމީހުންނާ އެކު ނަހަމަ ގުޅުން ހިންގާކަމުގެ ތުހުމަތުގައި އެ އިދާރާގެ މުވައްޒަފަކު ހައްޔަރުކުރީ ނިމިގެން ދިޔަ ހަފްތާގައެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ޑުރަގު މައްސަލައެއްގައި މިއަދު ވަނީ އެންޑީއޭގެ އިތުރު މުވައްޒަފަކު ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ގައްދޫ/ ބަންސަރީގެ, އިސްމާއިލް އަބްދުﷲ(42އ.) އެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާ މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ސެލޯފިންކަމަށް ބެލެވޭ އެއްޗެއް ވައްޓައިލި ކަމަށާއި އަދި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެސް ވިއެވެ.

އެ މައްސަލައިގައި އޭނާ ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

މިއަދު ހައްޔަރުކުރި މުވައްޒަފަކީ އެންޑީއޭގެ ކޮން ސެކްޝަނެއްގައި މަސައްކަތް ކުރާ މުވައްޒަފެއްކަމެއް ސާފެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!