ޚަބަރު ސަރުކާރު

އައްޑޫގައި ވިހެއުމުގެ ތެރޭގައި ނިޔާވި ޒުވާނާގެ ޢާއިލާއަށް ރައީސްގެ ތައުޒިޔާ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ދެން މީޑިއާ

އައްޑޫ ސިޓީގައި އިއްޔެ ވިހެއުމުގެ ތެރޭގައި ނިޔާވި ޒުވާނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

Ads by MPL

އެ މަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީގައި ވިހެއުމުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެ ޒުވާނަކު ނިޔާވުމަކީ ފުން ހިތާމައާއި ނުތަނަވަސްކަން އިޙްސާސްކުރުވި ކަމެއް ކަމަށެވެ. އަދި އެ ޒުވާނާއަށް މާތްﷲ ޝަހީދެއްގެ ދަރަޖަ ދެއްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި ލެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ދުޢާ ދެންނެވިއެވެ.

މީގެ އިތުރުން އެ މަރުޙޫމާގެ ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވުމަށާއި ޢާއިލާއަށް ކެއްތެރިކަން މިންވަރު ކުރެއްވުމަށް އެދި ވެސް އެމަނިކުފާނު ވަނީ ދުޢާ ދަންނަވައިފައެވެ.

ވިހެއުމުގެ ތެރޭގައި އިއްޔެ ނިޔާވެފައި ވަނީ އައްޑޫ ސިޓީ ކައުންސިލް މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާ، ޢާއިޝަތު ނަޒާހަތު އަޙްމަދެވެ. އިއްޔެ ވިހެއުމަށް އެޑްމިޓްކޮށް، ވިހެއުމުގެ ކަންކަން ކުރިއަށް ދިއުމުގެ ތެރޭގައި ޙާލަތު ގޯސްވެ އިމަޖެންސީގައި ފަރުވާދޭން ޖެހުނުކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އަދި މި މައްސަލަ ޞިއްޙީ ވުޒާރާއާ ގުޅިގެން އިތުރަށް ބަލަމުން އަންނަ ކަމަށާއި ތަޙްޤީޤަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ހޮސްޕިޓަލްއިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!