ޚަބަރު

ހުޅުމާލެ ފޭސް 3 މި އަހަރު ހިއްކައި ނިންމަން އިތުރު ޑްރެޖަރެއް ގެނެސްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޭސް ތިނެއް ހިއްކައި ނިންަމަން ގެނައި ޑްރެޖަރު--

ހުޅުމާލެ ފޭސް 3 މި އަހަރު ތެރޭގައި ހިއްކައި ނިންމުމަށް އިތުރު ޑްރެޖަރެއް ގެނެސްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ ފޭސް ތިނެއް ހިއްކަން "ޓިއެސްއެޗްޑީ ޕްރިންސް ދިއާ ނެދަލޭންޑަން" ޑްރެޖަރު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ވެސް ފޭސް ތިނެއް ހިއްކަން ބޭނުންކުރާ ޑުރެޖަރާ އެކު އަލަށް ގެނައި ޑްރެޖަރު ވެސް ސައިޓަށް ގެންގޮސް މާދަމާ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ މަސް ނިމޭ ހިސާބުގައި ފޭސް ތިނެއް ހިއްކައި ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ވިދާޅުވީ ފޭސް ތިނެއް ހިއްކާ ނިމުމުން ދެން އެ ދެ ޑްރެޖަރުވެސް ގެންދާނީ ގިރާވަރު ފަޅު ހިއްކަން ކަމަށާއި އެ ފަޅު ހިއްކުމުގެ މަސައްކަތް ދެ ތިން މަސްތެރޭ ނިމޭނެ ކަމަށެވެ.

"އީއައިއޭއާއި އެހެނިހެން ކަންކަން ނިމުމުން ގިރާވަރުފަޅުގައި ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ" ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުޅަނގުން އޮންނަ ފަޅުތެރެ ހިއްކައިގެން، ފޭސް ތިނެއްގެ މަޝްރޫއު ފެށީ 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެ މަޝްރޫއުގެ ދަށުން 63 ހެކްޓަރު ހިއްކާނެއެވެ.

ސަރުކާރުން ނިންމައިފައި ވަނީ ގިރާވަރުފަޅާއި ފޭސް ތިނެއް ހިއްކައިގެން ގޯތި ދޫކުރުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!