ޚަބަރު

މާލޭގެ މަގުތަކުން ފެން ހިންދަން ސިފައިން ނިކުމެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ ފެން ހިންދަން ސިފައިން ނިކުމެއްޖެއެވެ.

Ads by STELCO

ރާއްޖޭގެ އެކި ހިސާބުތަކަށް މިހަފްތާ މޫސުން ގޯސްވެ ބޯކޮށް ދަނީ ވާރޭ ވެހެމުންނެވެ. އަދި މިއަދު ވެސް ފަތިހާއި އަދި މެންދުރުން ފެށިގެން ދަނީ ވާރޭ ވެހެމުންނެވެ.

އެމްއެންޑީއެފްއިން މިއަދު އެކްސްގައި ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެގޮތުން ފެން ހިންދުމަށް ޓަކައި މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން  މަސައްކަތްކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން  ފެން ބޮޑުވެ ގެތަކަށް ފެން ވަންނަމުންދާތީ ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނި ގޮތުގައި މިއަދު ހަވީރު 6:30އާ ހަމައަށް ހއ.އިން ވ، އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރައި އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!