ޚަބަރު ސަރުކާރު

"ސިލޯނާ އެކު ދިވެހީން" ޓެލެތޯނަށް އެޗްޑީސީން އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޕީއެސްއެމް

އަވައްޓެރި ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ހިންގާ "ސިލޯނާއެކު ދިވެހިން" ޓެލެތޯނަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ މުވައްޒަފުންގެ ފަރާތުން އެއްލައްކަ ރުފިޔާގެ އެހީއެއް ހަދިޔާކޮށްފިއެވެ.

16 ގަޑިއިރަށް ކުރިއަށްދާ މި ޓެލެތޯންގައި ސަރުކާރުގެ އެކި ދާއިރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 37 މީޑިއާ އެކު ކުރިއަށް ގެންދާ މި ޓެލެތޯނަށް މިހައިތަނަށް 2.1 މިލިޔަނަށް ވުރެ ގިނަ ރުފިޔާއާއި 37،000އަށް ވުރެ ގިނަ ޑޮލަރުގެ އެހީ ވަނީ ލިބިފައެވެ.

މިއަދު ހެނދުނު 9:00ގައި ފެށި ޓެލެތޯން މިރޭ މެންދަމު 1:00އާ ހަމައަށް ކުރިއަށްދާނެކަމަށް ޕީއެސްއެމް އިން މަޢުލޫމާތުދެއެވެ. އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަހައްދުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށް ޕީއެސްއެމްއިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!