ސަރުކާރު

ހުޅުމާލޭގެ މަގުތައް ތަރައްޤީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ

ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި ނުހަދާ ހުރި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

Ads by STELCO

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނައިރު އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް އިތުރުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި މިހާރަށް ވުރެ ބޮޑަށް އެސަރަޙައްދު ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ނުހަދާ ހުރި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާރު ހުއްޓިފައި ހުރި ބައެއް މަޝްރޫޢުތައް ވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ޒުހައިރު ވިދާޅުވިއެވެ.

"ހުޅުމާލެ ފޭސް 1 އަދި 2ގައި ވެސް ތަރައްޤީވަމުން އަންނައިރު މި ދެންނެވި ގޮތަށް ފުރިހަމަވެގެންދާނެ. ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން އެސްޓީއޯ ހޮޓެލް ފާހަގަކޮށްލެވޭ. ނަމަވެސް އެ މަޝްރޫޢު ވެސް މިހާރު އަލުން ކުރިއަށް އެ ގެންދަނީ" އަލީ ޒުހައިރު ވިދާޅުވިއެވެ.

މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ. މި ކުންފުނީގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މިހާރު ނުނިމި ހުރި 5 މަގެއް ތަރައްޤީކުރުމުގެ މަސައްކަތާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ތަރައްޤީކުރުމަށް ވަނީ ހަވާލުކޮށްފައެވެ. އެގޮތުން ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދުގައި ތާރު އަޅައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!