ޚަބަރު

ބާޒާރުމަތީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފަށައިފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

ލޯކަލް މާރުކޭޓް ސަރަޙައްދުން ފަށައިގެން، ނޯތު ހާބަރަށް ހިމެނޭ ސަރަހައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

Ads by MPL

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށާއި މި ސަރަހައްދުގެ މަގު 4 ލޭނަކަށް ތަރައްޤީކުރާނެ ކަމަށެވެ. އަދި މި މަސައްކަތް ރޯދައިގެ ކުރިން ނިންމައި މަގު ހުޅުވާލުމަށް އަމާޒު ކަނޑައަޅައިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މަގުހެދުމުގެ ފުރަތަމަ ފިޔަހީގެ ސެގްމަންޓް 1ގެ މަސައްކަތް ނިންމައި އިއްޔެ ހަވީރު ވަނީ އާއްމު ދަތުރުފަތުރުތަކަށް ހުޅުވައިލައިފައެވެ. ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ތަރައްގީކުރުމުގެ މަސައްކަތް ފުރަތަމަ ފިޔަވަހީގައި ހިމެނޭއިރު، އެ ފިޔަވަހީގެ ފުރަތަމަ ސެގްމަންޓްގައި 140 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައި ،ޒަމާނީ ފެންވަރަށް ވަނީ ތަރައްގީކޮށްފައެވެ. މިއީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ.

Ads by Ooredoo