ޚަބަރު

އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސްއަށް ސީއީއޯއެއް ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) / ފޮޓޯ:ދެން އިމޭޖްސް

އެމްއެމްއޭގެ ޕޭމަންްޓް މޯލްޑިވްސްއަށް ސީއީއޯއެއް ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

Ads by MPL

ޕޭމަންްޓް މޯލްޑިވްސްއަކީ (އެމްއެމްއޭ)އިން ރާއްޖޭގެ ޕޭމަންޓްއިން ފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކޮށް މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އީޖާދީ ޕޭމަންޓް ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން އުފައްދާ އާ ކުންފުންޏެކެވެ.

އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15އާ ހަމައަށް މިހާރު ހުޅުވައިލައިފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ފައިނޭންސް، ބިޒްނަސް ނުވަތަ އައިޓީ ފަދަ ދާއިރާއަކުން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާ އެކު ކުންފުންޏެއްގެ އެންމެ މަތީ މަގާމެއްގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

ސީއީއޯގެ މަގާމަށް އައްޔަނުކުރާނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އެ މަގާމުގެ މުސާރައެއް އެމްއެމްއޭއިން ހާމައެއް ނުކުރެއެވެ.