އަރަބި ބަހާ ގުޅޭ މުބާރާތްތަކުން އެއްވަނަ ހޯދި ފަރާތްތަކަށް ސައުދީ އެމްބަސީން އުމްރާ ދަތުރެއް ދީފި
އަރަބި ބަހާ ގުޅޭ މުބާރާތްތަކުން އެއްވަނަ ހޯދި ފަރާތްތަކަށް ސައުދީ އެމްބަސީން އުމްރާ ދަތުރެއް ދީފިއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަ ކުރާ އަރަބި ބަހުގެ ދުވަހާ ގުޅިގެން އެކަމަށް ހާއްސަ މުބާރްތަތްތަކެއް ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ)އިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އޭގެ ތެރޭގައި އަރަބި ބަހުން ވާހަކަދެއްކުމާއި، ޅެން ހެދުމުގެ އިތުރުން ލިޔުމުގެ މުބާރާތެއް ހިމެނެއެވެ.
އަދި މިއަދު އެ ދުވަސް ފާހަގަކުރުމަށް އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި އެ މުބާރާތްތަކުން އެއްވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ އުމްރާ ދަތުރު ދިންކަމުން ރަމްޒީ ލިޔުން ހަވާލުކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އަރަބި ބަހަކީ ހަމައެކަނި ބަހަކަށް ވުރެ މާ މަތިވެރި ބަހެއް ކަމަށެވެ. އެގޮތުން އަރަބި ބަސް ވަނީ އަޅުގަނޑުމެންގެ ދީނީ ހަޔާތާއި އިލްމީ ތަރިކަތަކާ ވަކިނުކުރެވޭ ގޮތަށް ގުޅިލާމެހިފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
