Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އާދިލު (ކޮއްކޮ)ގެ ޖަނާޒާ މިރޭ އާސަހަރާގައި

އާދިލު (ކޮއްކޮ)ގެ ޖަނާޒާ މިރޭ އާސަހަރާގައި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިބްރާހީމް އާދިލް(ކޮއްކޮ)ގެ ޖަނާޒާ މިރޭ އާސަހަރާގައި ބާއްވަން ނިންމައިފިއެވެ.

އާދިލްގެ ޖަނާޒާ އޮންނާނީ މިރޭ 23:30ގައި މަސްޖިދުއްތަޢާވުނި (އާސަހަރާ) މިސްކިތުގައެވެ. އާދިލް ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

<img class="alignnone size-medium wp-image-301605" src="https://cdn.dhen.mv/wp-content/uploads/2025/12/n-2-266x300.jpeg" alt="" width="266" height="300" />

Advertisement
Ooredoo — Truecaller (box)

އާދިލަކީ ވެލެންސިއާއިން ވޮލީބޯޅަ ކުޅުމުގެ ތެރެއަށް ވަދެ، ގިނަ ކުލަބުތަކަށް ކުޅުނު ޒުވާނެކެވެ. އޭނާ ފާހަގަކޮށްލެވެނީ ރާއްޖޭގެ އެންމެ މޮޅު އެއް ބްލޮކަރުގެ ގޮތުގައެވެ. އަދި އޭނާ ވަނީ މެދުނުކެނޑި 20 އަހަރު ޤައުމީ ވޮލީބޯޅަ ޓީމަށް ތަފާތު ގިނަ މުބާރާތްތަކެއްގައި ކުޅެ، ޤައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ.

https://dhen.mv/301569

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް