ސިޔާސީ

ފުލެޓުތަކުގެ ކުލި ބޮޑުވުމުގެ ޒިންމާ ނަންގަވަންޖެހޭނީ ރައީސް ޔާމީން: ޝިފާޒު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
މުހައްމަދު ޝިފާޒް: ފޮޓޯ ދެން އިމޭޖަސް

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ތަރައްޤީކޮށްފައިވާ ފުލެޓުތަކުގެ ކުލި ބޮޑުވުމުގެ ޒިންމާ ނަންގަވަންޖެހޭ ފަރާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބުރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، މިފަދަ ކަންކަމަކީ ސިޔާސީ ބޭނުމަށް ކޮށްފައި ހުންނަ ބޮޑެތި ވައްކަން ކަމަށާއި އެފަދަ ކަންކަމުގެ ބުރަޔާއި ތަކުލީފު އުފުލަންޖެހެނީ ރައްޔިތުން ކަމަށެވެ. އަދި ހިޔާ ފުލެޓްތަކުގެ މަޝްރޫޢުތަކުގައި އިންތިހާއަށް ކޮރަޕްޝަން ހިންގައިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އާމްދަނީއަށް ވުރެ ބޮޑު ކުއްޔެއް ދައްކަން ޖެހިފައިވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ދެ ޓަވަރު ވަގަށް އެއްޓަވަރު. އެހެންވީމަ ނަގަންޖެހޭ އަގު ބޮޑުވާނެ. ދެ ލޭނުގެ ބުރިޖަކަށް އެއް ލޭނުގެ ބުރިޖެއް. އެހެންވީމަ ދައްކަންޖެހޭ ލޯނު އެމައުންޓު ބޮޑުވާނެ. އައިޖީއެމްއެޗްގައި ވެސް ދެ ޓަވަރު ވަގަށް އެއް ޓަވަރު. ކުރެހުމުގައި އިންނަނީ ދެ ޓަވަރު. މުޙައްމަދު ޝިފާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ ކަންތައްތައް އެހެން ހިނގާ ނަމަ އިޖުތިމާޢީ ބޯހިޔާވަހިކަން ، އިޖުތިމާޢީ ބޯހިޔާވަހިކަމަކަށް ނުވާ ކަމަށާއި ފުލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓުތައް ހުރީ ރައްޔިތުމީހާއަށް ދެއްކޭނެ ރޭންޖެއްގައި ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތައް ބަލައިގަންނަން ޖެހޭ ކަމަށާއި ކަން މިހެންވީ ސިޔާސީ މީހުންގެ ސަބަބުން، ޚާއްޞަކޮށް ރައީސް ޔާމީނުގެ ސަބަބުންކަން ޝިފާޒު ފާހަގަކުރެއްވިއެވެ.

ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން ފާޅުކުރުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މަޢާފުކޮށް، ފަހި ދިރިއުޅުން 4000 ފުލެޓުގެ ކުއްޔާއި ޑައުންޕޭމަންޓަށް ދައްކަން ޖެހޭ ފައިސާ ކުޑަކޮށްދީފައެވެ.

  1. ސަބުނަމް އަލީ

    ވެބްކެމް ކާފަ ރީއްޗެއް ނޫނޭ ބޮޑާބެ ވާހަކަ ދައްކާކަށް.